ގދ. ފިޔޯރީއަށް ރޭ ދަންވަރު ވެހުނު ބޯ ވާރޭގެ ސަބަބުން ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ، ގޭގޭގައި ހުރި ސާމާނަށް ގެއްލުން ލިބިފިއެވެ.
ފިޔޯރީ ކައުންސިލްގެ ރައީސް އަބްދުﷲ މުބާހް ވިދާޅުވީ، ވާރޭ ވެހެން ފެށީ ރޭގަނޑު 01:30 ހާއިރު ކަމަށެވެ. ބައެއް ގެތަކަށް އެކުގައި ހެން ފެން ވަދެފައިވާއިރު، އެ ގެތަކުގައި ހުރި ފަރުނީޗަރާއި އިލެކްޓްރޯނިކް ތަކެތި ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ.








"ބޮޑު ގެއްލުންތަކެއް އެބަހުރި،" މުބާހް ބުންޏެވެ.
މުޅި ރަށަށް ބަލާއިރު، ރަށުގެ ތިންބައިކުޅަ އެއްބައި ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ފެން ހިންދުމުގެ މަސައްކަތް މިހާރު ޕަމްޕު ބޭނުންކޮށްގެން ކުރަމުން އަންނަ އިރު އެ މަސައްކަތުގައި ފުލުހުންނާއި ރަށުގައިވާ މުއައްސަސާތަކާއި ރަށުގެ ރައްޔިތުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް