މަރުގެ ހުކުމް ތަންފީޒުކޮށް ސައުދީގައި މަރާލި ކަމަށް ބުނާ ސިތީ އަހްތަރާއި ނަޒުރުލް އިސްލާމް އަބްދުލް ބަސީރް --
ސައުދީ އަރަބިއްޔާގައި ހުކުމް ތަންފީޒުކޮށް މަރާލި ކަމަށް ބުނާ ބަންގްލަދޭޝްގެ ސިތީ އަޚްތަރު ސައުދީ ސިފައިން ހައްޔަރުކޮށް ޖަލަށް ލީކަން އާއިލާއަށް އެންގި ނަމަވެސް އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ކިޔައިދޭން ދެކޮޅު ހެދިކަމަށް ސިތީގެ އާއިލާއިން ބުނެފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސިތީ އާއި އޭނާ އާއި އެކު މަރުގެ ހުކުމް ތަންފީޒުކޮށް މަރާލި ބަނަގްލަދޭޝްގެ ނަޒުރުލް އިސްލާމް އަބްދުލް ބަސީރަކީ ހަރަމްފުޅުގެ ދެ މުވައްޒަފުންނެވެ. ނަމަވެސް ދެ މީހުން ދިރިއުޅެނީ ވަކި ދެ ސަރަހައްދެއްގައި ކަމުން އެމީހުން ބައްދަލުވެ ވާހަކަ ދެކެވިފައިވަނީ މަސައްކަތުގެ މާހައުލުންނެވެ.
ބަންގްލަދޭޝްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސިޓީގެ ބައްޕަ ބުނީ ވަޒީފާ އަދާ ކުރަން ސައުދީ އަރަބިއްޔާއަށް ގޮސް ފުރަތަމަ ފަސް މަހު ސިތީ ބަރާބަރަށް އާއިލާއަށް ފައިސާ ފޮނުވި ކަމަށެވެ. އެ ފައިސާ ވަރަށް މުހިންމު ކަމަށާއި ސިތީ ސައުދީއަށް ފޮނުވީ 1.5 ލައްކަ ޓާކާގެ ލޯނެއް ނަގައިގެން ކަމަށް ބައްޕަ ބުންޏެވެ. އޭގެ ފަހުން ހަބަރެއް ނުވެ ހުރުމަށް ފަހު އެއް ދުވަހު ގުޅާފަފައި ޖަލަށް ލީކަމަށް އެންގި ކަމަށެވެ.
ސިތީގެ ބައްޕަ ބުނެފައިވާ ގޮތުގައި އޭނާ ޖަލަށް ލީ އެކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންތަކެއް ޒުވާބެއް ކުރުމަށް ފަހު ކުރި ދޮގުތުހުމަތަކާއި ގުޅިގެން ކަމަށް ސިތީ ބުނި ކަމަށެވެ. އޭގެ ފަހުން އަހަރެއްހާ ދުވަސްވަންދެން ސިތީ އާއިލާއަށް ހަބަރެއް ނުވާއިރު ނުވެސް ގުޅާ ކަމަށާއި އޭގެ ފަހުން މަހަކު އެއްފަހަރު ގުޅަން ފެށި ނަމަވެސް މައްސަލަ އާއި ޝަރީއަތުގެ ތަފްސީލް އެއްވެސް ވަރަކަށް ކިޔައި ނުދޭ ކަމަށް ބުންޏެވެ.
އަދި ސުވާލު ކުރުމުން ތުހުމަތާއި ގުޅޭ ވާހަކަ ދައްކަން ދެކޮޅު ހަދާ ކަމަށް ބުންޏެވެ.
އޭނާ ބުނީ ދަރިފުޅު މިއަހަރު ތެރޭގައި ގުޅައި ދެން ޖަލުން ދޫކޮށްލަން ނަގާނީ ދެ މަސްވަރު ކަމަށް ބުނި ކަމަށެވެ. އަދި މަރާލި ކަމަށް ބުނާ ތާރީހުގެ 15 ދުވަސް ކުރިން އާއިލާއަށް ގުޅި ކަމަށާއި ނަމަވެސް އޭނާއަށް ހުކުމް ތަންފީޒު ކުރަން ނިންމާފައިވާކަން ނުބުނާ ކަމަށެވެ. ދަރިފުޅަށް މަރުގެ ހުކުމް ތަންފީޒު ކުރިކަން އެނގުނީ އެހެން މީހުންގެ ފަރާތުން ކަމަށް ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސިތީއާ އެކު މަރާލެވުނު ނަޒްރުލް އިސްލާމް ސައުދީއަށް ބިދޭސީ މަސައްކަތްތެރިއެއްގެ ގޮތުގައި ދިޔައީ 2022 ވަނަ އަހަރުގެ ޑޮވެމްބަރު 10 ގައި އެވެ. އެ ދެމީހުން މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިނގީ 2023 ވަނަ އަހަރުގެ މެއި މަހު ކަމަށްވެ އެވެ. އެމީހުން ހިންގި އަމަލުގެ ތަފްސީލް ސައުދީގެ ކަމާ ގުޅޭ އިދާރާތަކުން ހާމަ ނުކުރި ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުން ވަނީ މާތްވެގެންވާ މަސްޖިދުލް ހަރަމް ހިމެނޭ ސަރަހައްދުގައި ޖިންސީ ގުޅުން ހިންގާފައި އެވެ.
އިސްލާމް ދީނާއި ސައުދީ ގާނޫނުގައި ބުނާގޮތުން އެފަދަ އަމަލެއް މިސްކިތެއްގައި ހިންގައި، މިސްކިތުގެ ހުރުމަތް ކަނޑައިފި މީހަކަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދޭނެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެދެމީހުންގެ މައްސަލަ ސައުދީގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅީ ހަރަމްފުޅުގެ މަސައްކަތްތެރިންތަކެއް ވީޑިއޯ އާއި އެކު އެވެ.
މި މައްސަލައިގަ ސައުދީ އާއި ބަންގްލަދޭޝް އާއި ދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އެވެ. ބަނަގްލަދޭޝް ސަރުކާރުން ހާމަ ކުރާ ގޮތުގައި އެ ގައުމުގެ ރައްޔިތުންތަކަކަށް މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭކަން ކުރިން އަންގާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް