ޒުވާން ވިޔަފާރިވެރިއެއްގެ މަރުގެ މައްސަލައިގަ އިންޑިއާގެ އިންފްލުއެންސަރަކާއި އޭނާގެ ހެއާ ސްޓައިލިސްޓާއި ޑްރައިވަރު ހައްޔަރު ކޮށްފި

21 Oct 2026 | 08:27
ވިޔަފާރިވެރިޔާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި މީހުން --

ވިޔަފާރިވެރިޔާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި މީހުން --

އިންޑިއާގެ ލަކްނައު ސިޓީގައި ވިޔަފާރިވެރިއަކު އެޕާޓްމެންޓު ބިލްޑިންއެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓި މަރުވި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކުރީ ލަކްނައުގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝްރައްދާ ދުބޭ އާއި އޭނާ އާއި އެކު މަސައްކަތް ކުރާ ރަޝްމީ ދުބޭ އަދި އެ ދެމީހުންގެ ޑްރައިވަރު ދާނިޝްއެވެ. މީގެ ތެރެއިން ޝްރައްދާ އަކީ މަރުވި ޝިވާ ޝަރުމާގެ ލޯބިވެރިޔާ އެވެ.

އެ ތިން މީހުން އިއްޔެ ހައްޔަރުކުރީ ޝިވާ މަރުވުމާއި އެކު ފިލައިގެން ނޭޕާލަށް ގޮސް އުޅުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް އެކި ސިޓީތަކަށް ސިއްރުން ދަތުރު ކުރަނިކޮށެވެ. އެމީހުން ފުލުހުން ހައްޔަރު ކުރީ އެ ތިން މީހުންގެ ބޮލަށް 50،000 ރުޕީސް އިނާމެއްގެ ގޮތުގައި ސަރުކާރުން އިއުލާނުކޮށްފައި ވަނިކޮށެވެ.

ޝިވާ އަމިއްލައަށް ފުންމާލީ ކަމަށް ޝްރައްދާ ބުނެ ވާހަކަ ދެއްކި ނަމަވެސް ޝިވާގެ މަންމަ ފުލުހަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން ޝްރައްދާ ވަނީ އޭނާގެ ދަރިފުޅަށް ބިރުދައްކައި، ފުރައްސާރަކޮށްފައި އެވެ. އަދި އޭނާ މަރާލީ ކަމަށް މަންމަ ތުހުމަތު ކުރެ އެވެ.

މަންމަ ތުހުމަތު ކުރާ ގޮތުގައި ޝިވާގެ ޒާތީ ވީޑިއޯތައް ފަތުރާނެ ކަމަށް އިންޒާރުދީފައިވާ ކަމަށާއި، ޖިސްމާނީ އަނިޔާ ވެސް ދީފައިވާ ކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮށް ޝްރައްދާ ވަނީ ފިލާ ހުރެގެން ގިނަ ރީލްތަކެއް ހަދައި ޝިވާއަށް އެވަރުގެ އަނިޔާއެއް ނުދޭ ކަމަށް ރޮއެފައި ބުނެފަ އެވެ. އަދި އޭނާ މަރުވީ 20 ލައްކަ ރުފިޔާގެ ދަރަންޏެއް އޮތުމުން ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް