ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑު މާދަމާ ޑިޕްރެޝަނަކަށް – އިންޑިއާގެ ދެ ސްޓޭޓަކަށް ރެޑް އެލާޓް

ބަންގާޅު ކަނޑުގައި އުފެދިފައިހުރި ކޮޅިގަނޑުގެ ބާރު މިއަދު ގަދަވެފައިވާއިރު މާދަމާ މެންދުރުގެ ވަގުތެއްގައި އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ޑިޕްރެޝަނަކަށް ބަދަލުވާނެކަމަށް އިންޑިއާގެ މެޓުން އަންދާޒާ...

21 Oct 2025 | 17:14
ތަމިލްނާޑޫގައި ފެންބޮޑުވެފައި -

ތަމިލްނާޑޫގައި ފެންބޮޑުވެފައި -

ބަންގާޅު ކަނޑުގައި އުފެދިފައިހުރި ކޮޅިގަނޑުގެ

ބާރު މިއަދު ގަދަވެފައިވާއިރު މާދަމާ މެންދުރުގެ ވަގުތެއްގައި އެ ކޮޅިގަނޑުގެ ބާރު

އިތުރަށް ގަދަވެ ޑިޕްރެޝަނަކަށް ބަދަލުވާނެކަމަށް އިންޑިއާގެ މެޓުން އަންދާޒާކޮށްފިއެވެ.

އެގޮތުން އިންޑިއާ މެޓުން މިއަދު ހަވީރު ނެރުނު މޫސުމީ

ބުލެޓިންގައި ބުނެފައިވަނީ ތަމިލްނާޑޫ އާއި އަންދްރަޕްރަދޭޝް އަށް މި ކޮޅިގަނޑުގެ

ސަބަބުން ވަރަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެ ސަރަހައްދުތަކަށް 200

މިލިމީޓަރާއި ހަމައަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ރެޑް އެލާޓް ވަނީ ނެރެފައެވެ.

އެ ކޮޅިގަނޑު ދަތުރުކުރަމުން އަންނަނީވެސް

އިންޑިއާގެ އެ ދެ ސްޓޭޓާއި ދިމާއަށެވެ. މާދަމާ މެންދުރުގެ ވަގުތެއްގައި އިތުރަށް

ބާރުގަދަވެ "ޑިޕްރެޝަން" ގެ ދަރަޖައަށް ބާރުގަދަވާނެކަމަށް ލަފާކޮށްފައިވާއިރު

އެއަށްފަހުވެސް އިތުރަށް ބާރުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ ކޮޅިގަނޑު އިތުރަށް ބާރުގަދަވެއްޖެނަމަ ދެން

ބަދަލުވާނީ "ޑީޕް ޑިޕްރެޝަން" އަކަށެވެ. އަދި އެއަށްފަހު އިތުރަށް

ބާރުގަދަ ނަމަ ތޫފާނެއްގެ ދަރަޖައަށް ދާނެއެވެ. ތޫފާން އުފެދިއްޖެނަމަ ތޫފާނަށް

ދޭނެ ނަމަކީ ތޫފާން "މޮންތާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް