ގޭގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކޮށްފައި ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި

މާލެ، ވިލިމާލޭގެ ގޭގޭގެ ނަންބޯޑު ފެންނަގޮތަށް ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ. އެ ކައުންސިލުން މިކަން އަންގާފައިވަނީ މިއަދު ކުރި އިޢުލާނެއްގައެވެ. އެ އިޢުލާނުގައި މާލޭ ސިޓީ ކައުންސި...

21 Oct 2025 | 13:37
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް -

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް -

މާލެ، ވިލިމާލޭގެ ގޭގޭގެ ނަންބޯޑު ފެންނަގޮތަށް

ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން މިކަން އަންގާފައިވަނީ މިއަދު ކުރި

އިޢުލާނެއްގައެވެ.

އެ އިޢުލާނުގައި މާލޭ ސިޓީ ކައުންސިލުން

ބުނެފައިވަނީ އެ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ

ގޭގެއަށް ޒިޔާރަތްކުރާއިރު މިހާރަކަށް އައިސް ގެތަކުގައި އާންމުކޮށް ފެންނަ ގޮތަށް

ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި

ގޭގެއަށް ޒިޔާރަތްކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން މިކައުންސިލުން

ފޯރުކޮށްދޭ ރަސްމީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާތީ، މިކަން ހައްލު

ކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ

ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ދަންނަވާކަމުގައި މާލޭ ސިޓީ ކައުންސިލްގެ

އިޢުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް