ޖަޕާނަށް ތާރީޚީ ދުވަހެއް: ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސަނާއީ ޓައީޗީ ބޮޑުވަޒީރުކަމަށް އިންތިޚާބުކޮށްފި

ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު އިންތިޚާބުކޮށްފިއެވެ. ބޮޑުވަޒީރު ކަމަށް އިންތިޚާބުކޮށްފައިމިވަނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ސަނާއީ ޓަކައީޗީއެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރ...

21 Oct 2025 | 06:37
ޓަކައީޗީ އިންތިޚާބުކުރެވިގެންދިޔަ ވަގުތު - އެސޯސިއޭޓެޑް ޕްރެސް ފޮޓޯ / ޔޫޖީން ހޮޝީކޯ

ޓަކައީޗީ އިންތިޚާބުކުރެވިގެންދިޔަ ވަގުތު - އެސޯސިއޭޓެޑް ޕްރެސް ފޮޓޯ / ޔޫޖީން ހޮޝީކޯ

ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން

ބޮޑުވަޒީރަކު އިންތިޚާބުކޮށްފިއެވެ.

ބޮޑުވަޒީރު ކަމަށް އިންތިޚާބުކޮށްފައިމިވަނީ ލިބަރަލް

ޑިމޮކްރެޓިކް ޕާޓީގެ ސަނާއީ ޓަކައީޗީއެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ކުރީގެ ބޮޑުވަޒީރު

ޝިގޭރޫ އިޝީބާގެ ބޮޑުވަޒީރުކަން ނިމުމަކަށް ގެނެސް ޓަކައީޗީ

އިންތިޚާބުކޮށްފައިމިވަނީ މިއަދު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި

ވޯޓަކުން 237 ވޯޓުންނެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމު ހުސްވެފައިވަނީ ބޮޑުވަޒީރުގެ

މަގާމަށް އޮކްޓޯބަރު 2024 ގައި އިންތިޚާބު ކުރެވިގެންދިޔަ ޝިގެރޫ އިޝީބާ މިދިޔަ ސެޕްޓެމްބަރު

މަހުގެ ހަތްވަނަ ދުވަހު އިސްތިޢުފާ ދެއްވުމާއި ހަމައިންނެވެ.

އިޝީބާ އިސްތިޢުފާ ދެއްވީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ

މަތީގޭގެ އަގުލަބިއްޔަތު އެލްޑީޕީއަށް ގެއްލުމާއި ޕާޓީގެ އެތެރޭގެ ފިއްތުންތަކުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް