ޖަމީލު ނަޝީދަށް: އިތުބާރު ގެއްލެން އިމްރާން ކުރެއްވީ ކޮން ކަމެއް؟

އިތުބާރު ގެއްލެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވީ ކޮންމެ ކަމެއްތޯ ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަ...

21 Oct 2019 | 08:34

އިތުބާރު ގެއްލެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވީ ކޮންމެ ކަމެއްތޯ ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިތުބާރު ގެއްލެން ހޯމް މިނިސްޓަރު ކުރެއްވީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި މަޖިލިސް ރައީސް ބޮޑެތި ތަފާތުކުރުން ގެންގުޅެނީ ކީއްވެގެންތޯ އާއި ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލައެއް ނެތްއިރު ދީން ދިފާޢުކުރާ ފަރާތްތައް ގޯސްވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. ޖަމީލް ވަނީ ކޮންމެ ބަޔަކު ގާނޫނާއި ހިލާފުވިއަސް އެ މައްސަލައެއް ބަލަންވާނެ ކަމަށް ވިދާޅުވެފައެވެ.

https://twitter.com/MJameelAhmed/status/1186145117897248770

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ލިޔުއްވި މެސެޖެއްގައި ވަނީ މީހުން މަރަން ގޮވާ މުޅި ރާއްޖޭގައި ބިރުވެރިކަން ފަތުރާ މީހުން ސާފުކޮށް އެނގޭ އިރު އެކަމަށް ފިޔަވަޅެއް ނާޅުއްވާތީ ހޯމް މިނިސްޓަރުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

މީގެއިތުރުން ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މީހުން މެރުމާއި އަނިޔާވެރި ކަންކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް