ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް ހުޅުވައިލި މުބާރާތް ފަސްކޮށްފި އެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި މުބާރާތް ފަސްކޮށްފައިވަނީ މުބާރާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި، ޝަހީދުންގެ ބިނާ ފަރުމާކުރުމަށް އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހެޅުމުގެ ފުރުޞަތު ގިނަ ބަޔަކަށްދިނުމުގެ އިތުރުން އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުގެ ތާރީޚެއްގައި އަލުން އިއުލާނު ކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ހުޅުވާލި މި މުބާރާތެކެވެ.
ޝަހީދުންގެ ބިނާ ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން އިޢުލާނުކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް