ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަސް ހުންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އަދުރޭ ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ޓަކައި އަބަދުވެސް ފަހުރުވެރި ވާނެ ކަމަށެވެ.
އަދުރޭ މި ޓްވީޓް ކުރައްވާފައިވަނީ ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގާ މިއަދު އިއްވި ހުކުމާއި ގުޅުވައި ކަމުގައި ބެލެވެއެވެ.
އެ މައްސަލައިގާ ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ އިންތިހާބު ބާތިލުކުރާނެ ތަނެއް ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް