އައްޑޫ ސިޓީގެ ގަމުގެ އިރު ދެކުނުން އެއްނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 16:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެދޯންޏަށް އެހީތެރި ވުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށާއި އަށް މީހުންނާއެކު ދަތުރުކުރި "ރެހެންދި" ނަމަކަށް ކިޔާ 40 ފޫޓްގެ މި ދޯނި އިންޖީނު ހުއްޓިފައި ވަނީ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެގެން ކަމަށެވެ.
މިހާދިސާގައި އިންޖީނު ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗް ވަނީ ދޯނި އޮތް އެސަރަހަށްދަށް ގޮސް ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ތެޔޮ ސ.ފޭދޫއިން އެ ދޯންޏަށް ގެންގޮސްދިނުމުގައި އެހީތެރިވެދީފައި ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މި ދޯނި މިއަދު އިރުއޮއްސި 18:10 ހާއިރު ވަނީ ސަލާމަތްތެރިކަމާއެކު ސ.މަރަދޫއަށް ގޮސްފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް