ރައްޔިތުން މަޖިލިހުގެ ޖަލްސާއެއް ނުބާއްވަނީ ކުރާނެ ކަމެއް ނެތުމުން ކަމުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓރވިއު އެއްގައެވެ.
ނިހާން ވިދާޅުވީ މަޖްލީހުގެ ޖަލްސާތައް ފެށުމަށް މަޝްވަރާ ކުރެވުމުންދާކަމަށާއި ނަމަވެސް މިވަގުތު އެޖެންޑާކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.
ޖަލްސާ ބޭއްވުމާއި ގުޅޭ ގޮތުން މަޖްލިސްގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ޕާޓީގެ މެމްބަރުންނާއި މަޝްވަރާ ކުރައްވަމުން އަންނަކަމަށާއި، އަދި ވަރަށް އަވަހަށް އަންނަ އަހަރަށް ލަފާ ކުރޭ ބަޖެޓްގެ މަޝްވަރާއަށް މަޖްލިސްގެ ޖަލްސާތައް ބޭއްވިގެންދާނެކަމުގައި ވެސް ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ މަޖްލިސް ޖަލްސާތައް ނިބޭއްވި ނަމަވެސް ކޮމެޓީގެ ބައްދަލުވުންތައް މަޖްލިސްގައި މިހާރުވެސް ކުރިއަށްދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް