ރިޔާސީ އިންތިހާބަށް ފަހުވެސް، މި ރެއާ ހަމައަށް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއަކުން ނުފެންނަ ކަމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައެވެ.
މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިހާބުގެ ނަތީޖާއާ ނުކުޅުމަށް ބުނެފައިވާ ލިޔުންތަކެއް ސިފައިންގެ ތެރެއަށް އަޅާފައިވާ ކަމަށް ބުނާ ވާހަކަ ތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ ދިވެހި ސިފައިންނަކީ ގާނޫން އަސާސީއާއި ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާތަކެއް އުފުލަންޖެހޭ ބައެއް. ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލި ވާންޖެހޭ ބައެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް