ހުކުމް އިއްވާ އަޑުއެހުމަށް ނަން ނޯޓު ކުރުމަށް ދެ ގަޑިއިރު – ކިއު ދަމާލައިފި

ރިޔާސީ އިންތިހާބު ބާތިލު ކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު 01:00 އަށް ތާވަލުކޮށްފައިވާއިރު އަޑުއެހުމަށް ވަނުމަށް ނަން ނޯޓު ކު...

21 Oct 2018 | 04:41

ރިޔާސީ އިންތިހާބު ބާތިލު ކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު 01:00 އަށް ތާވަލުކޮށްފައިވާއިރު އަޑުއެހުމަށް ވަނުމަށް ނަން ނޯޓު ކުރުން ކުރިއަށްދާނެ ގަޑިތައް ސުޕްރީމް ކޯޓުން ހާމަކޮށްފިއެވެ.

އެގޮތުން ޖުޑީޝަރީގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-C/44 ޤަޟިއްޔާގެ ޝަރީޢަތް އަޑުއެއްސެވުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ ނަން ނޯޓުކުރުން، ހެނދުނު 10:30 އިން 12:30 އަށް ކުރިއަށްދާނެ ވާހަކަ ދަންނަވާކަމަށެވެ.

ނަން ނޯޓު ކުރުމަށް މިއަދު ދެ ގަޑިއިރު ދީފައިވާއިރު ހެނދުނު 08:00 އިން ފެށިގެން ސުޕްރީމް ކޯޓު ކައިރީގައި ވަނީ ކިއު ހަދަން ފަށާފައެވެ. އެގޮތުން މިހާރުވެސް އެ ކިއުގައި ގިނަ ބަޔަކު އެބަތިއްބެވެ. ސުޕްރީމް ކޯޓުގެ އަޑުއެހުންތަކަށް ވަނުމަށް އާންމުކޮށް އާންމުންނަށް ދެނީ 25 ޖާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް