އިންތިހާބީ މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލްކޮށްފި

ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު 01:00 އަށް ތާވަލްކޮށްފިއެވެ. މި މައްސަލ...

21 Oct 2018 | 04:03

ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު 01:00 އަށް ތާވަލްކޮށްފިއެވެ.

މި މައްސަލައިގެ ތިން އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއް އަޑުއެހުމުގައި އިލެކްޝަންސް ޖަވާބުދާރީ ކުރުވާފައިވާއިރު އަނެއް އަޑުއެހުމުގައި، އީސީގެ ރައީސް އަނގޮޓިތަކެއް ރާއްޖެ އެތެރެކުރީ އޭނާގެ އަމިއްލަ ހަރަދުގައި ކަމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އަދި އެކަން ސާބިތު ކުރުމަށް ސިއްރު ތިން ހެކި ހުށަހަޅުއްވަން ބޭނުންވާކަމުގައިވެސް ރައީސް ޔާމީންގެ ވަކީލުން ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅިއެވެ.

ނަމަވެސް ތިންވަނަ އަޑުއެހުން ނިންމާލާފައިވަނީ ސިއްރު ހެކި ހުށަހަޅަން ފުރުސަތު ދިނުމެއް ނެތިއެވެ.

ހުކުމް އިއްވުން މިއަދަށް ތާވަލްކޮށްފައިވާއިރު އިންތިހާބުން ބޮޑު ތަފާތަކުން ރައީސް ޔާމީން ވަނީ ބަލިވެވަޑައިގެންފައެވެ. ދެ ފަހަރެއްގެ މަތިން އެ ބަލި ރައީސް ޔާމީން ގަބޫލުފުޅުކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް