ވަޒީފާ އަދާކުރަނީ ކާކުކަން އެނގެންޖެހޭ ކަމަށްބުނެ މަސައްކަތު މާހައުލުގައި މޫނު ބުރުގާ އެޅުން އަލްޖީރިޔާގައި މަނާކޮށްފިއެވެ.
އަލްޖީރިޔާގައި މި އުސޫލު ގާއިމްކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ސަރުކާރުން ގެނައި މި ބަދަލަށް މައިނޯރިޓީ ސަލަފީން ނުރުހުނު ނަމަވެސް ސަރުކާރުން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި މޫނުބުރުގާ އަޅާނަމަ އެ ވަޒީފާ އަދާކުރަނީ ކާކުކަން ދެނެ ނުގަނެވޭނެ ކަމަށެވެ.
މަސައްކަތު މާހައުލުގައި މޫނު ބުރުގާ އެޅުން އިއްޔެއިން ފެށިގެން އެ ގައުމުގައި މަނާކޮށްފައިވާއިރު ސްކޫލުތަކުގެ ޓެސްޓް ހަދާއިރުވެސް މޫނު ބުރުގޭ ނޭޅޭނެ ކަމަށް އެ ގައުމުން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމީ މޫނު ބުރުގާއަކީ ޓެސްޓް ހަދާއިރު މަކަރު ހަދަން ބޭނުން ކުރެވިދާނެ ޒަރީއާއެއް ކަމުގައި ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް