ރޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ރޯވި އިމާރާތެއްގައި މިރޭވެސް އަލިފާން ހިފައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ރޭގައި އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ މަތީގައި އަނެއްކާވެސް އަލިފާން ހިފައިވެން މިހާރު އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވި ކަމަށާއި ރޯވި އަލިފާން އިތުރު ތަނަކަށް ނުފެތުރޭ ކަމަށެވެ. އަދި އެ ސަރަހައްދުގައި 24 ގަޑިއިރު ފަޔަރ ވެހިކަލް އާއެކު ސަރަހައްދު މޮނީޓަރ ކުރަމުން އަންނަ ކަމަށެވެ.
މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި އެހެން ނަމަވެސް އަދިވެސް ދުން އަރަމުން އަންނަ ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް