އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ހަމަލާދީ ފޯނާއި ފައިސާ ފޭރިގެންފި

އައްޑޫ ސިޓީ ހުޅުމީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ހަމަލާދީ އޭނާގެ ފޯނާއި ފައިސާ ފޭރިގެންފިއެވެ. މިކަން ރިޕޯޓްކޮށްފައިވަނީ މިރޭ 930 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. "މި ފޭރުމުގައި އަނިޔާ ލ...

21 Sep 2019 | 18:35

އައްޑޫ ސިޓީ ހުޅުމީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ހަމަލާދީ އޭނާގެ ފޯނާއި ފައިސާ ފޭރިގެންފިއެވެ.

މިކަން ރިޕޯޓްކޮށްފައިވަނީ މިރޭ 930 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

"މި ފޭރުމުގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ" ފުލުހުން ބުނެފައިވެއެވެ.

އަނިޔާ ލިބިފައިވަނީ އުމުރުން 69 އަހަރުގެ އަންހެނަކަށެވެ. އެ އަންހެންމީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާ ދީފައިވާކަމަށާއި މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް