ޝައުނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އާއިޝަތު ޝައުނާގެ ކަށު ނަމާދު މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުނީއަށް އުފަން...

21 Sep 2019 | 06:32

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އާއިޝަތު ޝައުނާގެ ކަށު ނަމާދު މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ތ. ބުރުނީއަށް އުފަން 49 އަހަރުގެ ޝައުނާ އެވެ. އޭނާ ދިރިއުޅެމުން ދިޔައީ ރޭގައި އެންމެ ފުރަތަމަ އަލިފާނުގެ ހާދިސާ ހިނގި ކެމިކަލް ގުދަނުގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ރަނދުވާނިއާގޭގައެވެ. އެ ގޭގައި ދިރިއުޅޭ ހަ މީހަކު ތާށިވި އެވެ. އޭގެ ތެރެއިން ސަލާމަތްވީ ފަސް މީހެކެވެ.

ނިޔާވި، ޝައުނާގެ ދެ ދަރިން އެބަތިއްބެވެ. އޭނާއަކީ އިސްލާމިކް ޔުނިވާސިޓީއިން ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ. ޝައުނާއަށް ޝުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް