އެމްޑީޕީގެ ކެމްޕޭނުގައި ޕީޕީއެމްގެ ކުލައާއި ލޯގޯ ބޭނުން ނުކުރަން ގޮވާލައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނުގައި ޕީޕީއެމްގެ ކުލައާއި ލޯގޯ ބޭނުންކުރަމަކީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްޤުތަކަށް އުނިކަން އަންނަމުންދާ...

21 Aug 2018 | 05:45

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނުގައި ޕީޕީއެމްގެ ކުލައާއި ލޯގޯ ބޭނުންކުރަމަކީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްޤުތަކަށް އުނިކަން އަންނަމުންދާކަމެއްކަމަށާ، އެކަންވަގުތުން ހުއްޓާލުމަށް އެޕާޓީން ގޮވާލައިފި އެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ނެރުނު ބަޔާނެއްގައިވަނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމް.ޑީ.ޕީ ގެ ކެމްޕޭން ޕޯސްޓަރުތަކާއި، އެކިއެކި ޖަލްސާތަކުގައާއި އެހެންވެސް ކެމްޕޭނުގެ ޙަރަކާތްތަކުގައި ޕީޕީއެމްގެ ކުލަ ބޭނުންކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

" މެޖެންޓާ ނުވަތަ ފިޔާތޮށިކުލައަކީ، ޕީޕީއެމްގެ މައްޗަށް ރަޖިސްޓަރީކޮށްފައިވާ އަދި އެޕާޓީއަށް ނިސްބަތްވާ ކުލައެކެވެ. އަދި މި ޕާޓީގެ މައްޗަށް މިކުލަ ރަޖިސްޓަރީވުމުގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ މައިދާނުގައި މިކުލަ ބޭނުންކުރެވޭނީ ހަމައެކަނި މި ޕާޓީއަށް." ޕީޕީއެމް އިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

އެޕާޓީން ދެކޭގޮތުގައި، ރިޔާސީ އެހެން ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އެޕާޓީގެ ކުލަ ބޭނުންކުރުމަކީ އެއްވެސް ފަރާތަކަށް ޤާނޫނީ ގޮތުން ލިބިފައިވާ ޙައްޤެއް ނޫންކަމަށާ، އަދި އެއީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން އަންނާނޭ ކަމެއްކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި އެހެން ކެމްޕޭނުތަކުގެ، ކެމްޕޭން ޕޯސްޓަރުތަކުގައްޔާއި ޖަލްސާތަކުގައި އަދި ކެމްޕޭނުގެ އެހެނިހެން ޙަރަކާތްތަކުގައި ޕީޕީއެމްގެ ކުލަ ބޭނުންކުރުން ހުއްޓާލުމަށް އެޕާޓީންވަނީ ގޮވާލާފަ އެވެ.

ޕީޕީއެމް އިން މިގޮތަށް ބަޔާން ނެރެފައިވާއިރު ދާދިފަހުން އިލެކްޝަން ކޮމިޝަނުންވެސް ވަނީ ރަޖިސްޓްރީ ކޮށްފައިވާ ޕާޓީގެ ކުލަޔާއި ލޯގޯ އެޕާޓީގެ ހުއްދަނެތި ސިޔާސީ ބޭނުމަށް އެހެން ފަރާތްތަކުން ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބޭކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް