ތައިމުރު ބޭނުން ދާއިރާއަކުން ކުރިޔަށް ދެވޭނެ – ކަރީނާ

ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން ކަރީނާ ކަޕޫރު ޚާން އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމުރުއަކީ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ކުއްޖެކެވެ. އަދި އަހަރެއް ވެފައި ވިޔަސް ތައިމުރު އުޅޭ ނޫޅޭ ގޮތް...

21 Aug 2018 | 05:22

ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން ކަރީނާ ކަޕޫރު ޚާން އާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމުރުއަކީ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ކުއްޖެކެވެ. އަދި އަހަރެއް ވެފައި ވިޔަސް ތައިމުރު އުޅޭ ނޫޅޭ ގޮތް ބަލަން ބޭނުންވާ އެތައް ބަޔަކު އުޅެއެވެ. އޭނާގެ އެހާގިނަ ފޭނުން އެބަތިއްބެވެ. ބޮލީވުޑް ފިލްމީ ދާއިރާގެ އާއިލާއަކަށް ތައިމޫރު ނިސްބަތް ވާތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ދޭތެރެ ދޭތެރެއިން ތައިމޫރު ކުރިޔަށްދާން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ތައިމޫރުގެ މަންމަ ކަރީނާ ކަޕޫރު މީޑިޔާގައި ކޮންމެސް ވާހަކައެއް ދައްކައެވެ. އެގޮތުން މިފަހަރު ކަރީނާ ބުނެފައިމިވަނީ ތައިމުރު ބޭނުން ދާއިރާއަކުން ކުރިޔަށް ދެވޭނެކަމަށާއި ފިލްމީ ދާއިރާއިން ގޮސް އާއިލާގެ ލެގަސީ ދަމައްހައްޓަން ތައިމުރު އަށް ބާރު ނާޅާނެކަމަ ށެވެ.

ކަރިނާ ބުނީ އޭނާއަށްވެސް އޭނާގެ އާއިލާއިން އެލެގަސީ ދަމަހައްޓަން ބާރު ނާޅާކަމަށާއި ފިލްމީ ދާއިރާއަށް ވަނީ އޭނާ އަމިއްލަ އަށް ބޭނުންވެގެން ކަމުގަ އެވެ. އެގޮތުގެ މަތިން ތައިމުރު އަށްވެސް ބޭނުން ދާއިރާއަކުން ކުރިޔަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމަށާއި އެކަމަށް ތައިމުރު އަށް ސަޕޯޓް ދޭނެކަމަ ށެވެ.

ކަރީނާ ވަނީ އެހެން މައިންބަފައިންނަށްވެސް މިކަމުގައި މެސެޖެއް ދީފަ އެވެ. އެއީ ވަކި ދާއިރާއަކުން ކުރިޔަށް ދިޔުމަށް ކުދިންނަށް ބާރުނޭޅުމަށާއި ކުދިންނަށް ރަނގަޅު އަޚުލާގު ދަސްކޮށް ދިނުމަ ށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް