ލ ލިންކު ރޯޑުގައި މިއަދު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ލ ލިންކް ރޯޑުން، ފޮނަދުއާއި ކައްދުއާއި ދެމެދުގައި އޮންނަ ކޯޒްވޭ މަތީގަ އެވެ. ދެމީހަކު ތިބި ސައިކަލެއް ޖެހިފައިވަނީ ކޯޒްވޭ މަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގަ އެވެ. ޕާކު ކޮށްފައި ހުރި ސައިކަލުގައި އެވަގުތު މީހަކު ނެތެވެ. އަނެއް ސައިކަލުގައި ތިބި ދެމީހުނަށް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށް މައުލޫމާތު ލިބެ އެ އެވެ.
ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ކޯޒްވޭ މަތިން ހިނގި އެކްސިޑެންޓްގެ ހަބަރު ލިބުމުން އެތަނަށް ދާން ދިޔަ ސައިކަލަކާއި އިތުރު ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފޮނަދޫގަ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އަންހެނަކު ދުއްވި ސައިކަލަކާއި ފިރިހެނަކު ދުއްވި ސައިކަލެއް ޖެހިގެންނެވެ. އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ނުލިބުނު ނަމަވެސް ފިރިހެން މީހާގެ ގައިގެ އެކި ތަންތަނުން ހަންގަނޑު މަށައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
ދެވަނަ އެކްސިޑެންޓްގައި ޒަހަމްވި ފިރިހެން މީހާ އަކީ ކައްދޫ ކޯޒްވޭ މަތިން އެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން މީހާގެ ދަރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް