ޕޮއިޒް ގޯޑައުން ސޭލް: ޢީދަށް ސެންޓާއި ބޮޑީ ސްޕްރޭ ގަނެލަން މިއޮތީ ރަނުގެ ފުރުސަތެއް !

ކުރިއަށް އޮތް އަޟްހާ ޢީދާއި ދިމާކޮށް، ޕޮއިޒް އިން "ޕޮއިޒް ގޯޑައުން ސޭލް" ގެ ނަމުގައި ވަރަށް ހާއްސަ ސޭލް އެއް ފަށައިފި އެވެ. ވަސްމީރު ބްރޭންޑެޑް ސެންޓްތަކާއ ބޮޑީ ސްޕްރޭ ހޯލްސޭލްކޮށް އަދި ރީޓެއިލް ކުރުމ...

21 Aug 2017 | 05:40

ކުރިއަށް އޮތް އަޟްހާ ޢީދާއި ދިމާކޮށް، ޕޮއިޒް އިން "ޕޮއިޒް ގޯޑައުން ސޭލް" ގެ ނަމުގައި ވަރަށް ހާއްސަ ސޭލް އެއް ފަށައިފި އެވެ.

ވަސްމީރު ބްރޭންޑެޑް ސެންޓްތަކާއ ބޮޑީ ސްޕްރޭ ހޯލްސޭލްކޮށް އަދި ރީޓެއިލް ކުރުމުގައި މަޝްހޫރު ޕޮއިޒް އިން މި ސޭލް ފަށައިގެން ކުރިއަށްގެންދާއިރު މި ސޭލް އާއި ބެހޭގޮތުން ޕޮއިޒުން ބުނީ މި ސޭލްއަކީ ބޮޑުއީދާ ހިސާބަށް ކުރިއަށްގެންދާނޭ ސޭލް އެއް ކަމަށާއި މި ސޭލްގައި ހޯލްސޭލް ރޭޓަށްވުރެވެސް އަގުހެޔޮކޮށް ސެންޓާއި ބޮޑީ ސްޕްރޭ ގަންނަން ލިބޭނެ ކަމަށެވެ.

"ރީޓެއިލް ކުރާ ރަނގަޅު ކޮލިޓީ ޕްރޮޑަކްޓްތައް، ސެންޓު ބޮޑީ ސްޕްރޭ ލޯޝަންތައް، ހޯލް ސޭލްކުރާ އަގަށްވުރެ ހެޔޮ އަގުގައި މި ސޭލުން ލިބިގެންދާނެ" ޕޮއިޒުން ބުނެ އެވެ.

ޕޮއިޒް ފިހާރައިން ބުނީ އެ ކުންފުނިން އަލަށް ގެނެސްފައިވާ ޕްރޮޑަކްޓްތައްވެސް ހޯލްސޭލް އަގުގައި ސޭލުން ގަންނަން ލިބޭނެ ކަމަށާއި އަދި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ހެޔޮ އަގެއްގައި ތަކެތި ބައްލަވައިގަނެވޭނެ ކަމަށެވެ.

ޕޮއިޒްގެ މި ސޭލް ކުރިއަށްދަނީ ރަށްދެބައިމަގު، ގ ބެރުގޭގައި ހުންނަ ޕޮއިޒްގެ ޝޯރޫމްގަ އެވެ. އަޟްހާ ޢީދުގެ ފުރަތަމަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް ސޭލް ކުރިއަށްދާނޭކަމުގައި ޕޮއޒުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް