ލ ގަމުގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުންފުންޏެއް 296000 ރުފިޔާ އިން ޖޫރިމަނާކޮށްފި

ލ ގަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް 296000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. ޖޫރިމަނާ ކޮށްފައިވަނީ ލ ގަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ "ޕިކްސަލް ވިޝަން" އެވެ. 29600...

21 Aug 2017 | 05:02

ލ ގަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް 296000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ޖޫރިމަނާ ކޮށްފައިވަނީ ލ ގަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ "ޕިކްސަލް ވިޝަން" އެވެ.

296000 ރުފިޔާއިން ޕިކްސަލް ވިޝަން ޖޫރިމަނާކޮށްފައިވާކަން ހާމަކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކޮށްފައިވާ، ޝަކުވާ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައިވަނީ ލ.ގަމުގައި ޕިކްސަލް ވިޝަންގެ ފަރާތުން ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރައިޓްސް ނެތް ޗެނަލްތަކެއް ހިމަނާފައިވާކަން ކޮމިޝަނުން ކުރި ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ.

"ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑުން ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ރީބްރޯޑްކާސްޓް ކޮށްފައިވާ 148 (އެއް ސަތޭކަ ސާޅީސް އަށެއް) ޗެނަލަކާއި ގުޅިގެން ޝަކުވާ ނަންބަރު CAC-9/2017 މައްސަލަ ނިންމުމުގައި ރައިޓްސް ނެތް ޗެނަލްތަކެއް ލ.ގަމުގައި ޕިކްސަލް ވިޝަންގެ ފަރާތުން ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައި ނުވާ ޗެނަލްތައް ވަގުތުން ހުއްޓާލުމަށާއި، ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) އިން ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް އެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާތީ، ބުނެވިދިޔަ މައްސަލައާ ގުޅޭގޮތުން ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ." ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކޮށްފައިވާ، ޝަކުވާ ނިންމި ގޮތުގެ ބަޔާނުގައި ވެ އެވެ.

ގަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ "ޕިކްސެލް ވިޝަން" 296000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ގަމުގައި މީޑިޔާ ނެޓުގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ. ގަމުގައި މީޑިއާ ނެޓުގެ ހިދުމަތް ދެމުން އަންނަނީ މީޑިޔާ ނެޓާއި ހާލި އިންވެސްޓްމެންޓާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް