އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ހަގް އީޓްސް އިން އޯޑަރު ކުރައްވައިގެން 10 ޕަސެންޓް "ކޭޝް ބެކް" ލިބޭ ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސްގެ އެމް ފައިސާ މެދުވެރިކޮށް ހަގް އީޓްސް އިން ކާ އެއެއްޗެހި އޯޑަރު ކުރައްވައިގެން 10 ޕަސެންޓް "ކޭޝް ބެކް" ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ހަގް އީޓްސް އަށް ކުރައްވާ އޯޑަރުތަކަށް އެމް-ފަ...

21 Jul 2020 | 18:27

އުރީދޫ މޯލްޑިވްސްގެ އެމް ފައިސާ މެދުވެރިކޮށް ހަގް އީޓްސް އިން ކާ އެއެއްޗެހި އޯޑަރު ކުރައްވައިގެން 10 ޕަސެންޓް "ކޭޝް ބެކް" ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހަގް އީޓްސް އަށް ކުރައްވާ އޯޑަރުތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭއިރު، 150 އިން މަތީގެ ޑެލިވަރީ އޯޑަރުތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވޭނެއެވެ.

ހަގް އީޓްސް އަކީ، މާލެ އަދި ހުޅުމާލޭގެ ރެސްޓޯރެންޓްތައް ހިމެނޭހެން، 500 އަށްވުރެ ގިނަ ފުޑް އައިޓަމްސް ޑެލިވަރީ ކޮށްދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ކާބޯތަކެތި އޯޑަރު ކުރެއްވުމުން ގެއާއި ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.

ހަގް އީޓްސް އެޕް، އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށްވެސް މިހާރު ޑައުންލޯޑް ކޮށްލެވޭނެއެވެ.

ހަގް އީޓްސް:

10 ޕަސެންޓް، ކޭޝް ބެކް ކްލެއިމް ކުރެއްވުމަށް

01. އުރީދޫ އެޕުން އެމް-ފައިސާއަށް ލޮގިން ވެލައްވާ

02. ސްކޭން އެންޑް ޕޭ ހިޔާރުކުރައްވާ

03. ހަގް އީޓްސްގެ ކިއު އާރު ކޯޑު ހިޔާރުކުރައްވާ

04. އަދަދަޖައްސަވާ

05. ފޯނަށް ލިބިލައްވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ޖެއްސެވުމަށްފަހު ޕޭމަންޓް ކަންފާމް ކޮށްލައްވާ

އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އެމް-ފައިސާ އަށް ރެޖިސްޓްރީ ވެވޭނެ އެވެ. ޔުޓިލިޓީ ބިލު ދައްކާލާ، ގޭހަށް އޯޑަރުކޮށް މަޝްހޫރު ރެސްޓޯރެންޓުތަކުގެ ބިލަށް ފައިސާ ދައްކާ، އެމްފައިސާ އިން ލިބޭ އިތުރު ފައިދާތައް އެ ކަސްޓަމަރުންނަށްވެސް ލިބޭނެ ކަން އުރީދޫން ފާހަގަކުރެއެވެ.

އެމް-ފައިސާއަށް ރަޖިސްޓްރީ ވެލެއްވުމަށް

01. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ     http://ore.do/app

02. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ

03. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

04. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ

05. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ

06. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

07. ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް