މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުގައި 53 އެކްސިޑެންޓް ހިނގައި، 13 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތަކީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކްސިޑެންޓްތަކާއި ގުޅިގެން 3 ފަރާތެއް ލައިސަންސް ވަނީ މިމުއްދަތުގެ ތެރޭގައި ހިފަހައްޓާފައެވެ.
ފުލުހުން ކޮންމެ ހަފްތާއެއްގައި އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި 318 ވެހިކަލެއް ވަނީ ބަލައި ފާސްކޮށްފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި 50 ވެހިކަލެއް ޓޯވ ކޮށްފައިވާއިރު، 690 ސައިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.
މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ލައިސަންސް ކާޑު ނެތި ދުއްވަމުންދިޔަ 78 ވެހިކަލެއް ހިފަހައްޓާފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ގަވާއިދާ ހިލާފަށް ދުއްވައިގެން 54 ވެހިކަލެއް ވަނީ ހިފަހައްޓާފައި ވެއެވެ.
ކޮންމެ ހަފްތާއަކު ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން މި ތަފާސްހިސާބުތައް އާންމުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް