އިސްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

ލ. އިސްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ...

21 Jul 2019 | 06:30

ލ. އިސްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރޭ 23:50 ހާއިރު ލ. އިސްދޫ ބޮޑުމަގުގައި ހިނގި އެކްސިޑެންތެއްގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށެވެ.

"މި އެކްސިޑެންޓް ހިނގާފައިވަނީ އިސްދޫއިން ކަލައިދުއަށް ދަތުރުކުރި ސައިކަލެއް، ކަލައިދޫއިން އިސްދުއަށް ދަތުރުކުރި ސައިކަލެއްގައި ޖެހިގެން" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ކަލައިދޫއިން އިސްދޫއަށް ދަތުރުކުރި ސައިކަލު ދުއްވާފައިވަނީ ނުގަވާއިދު ފަޅިން ކަމުގައިވެސް އޮފިސަރު ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ. ފަރުވާ ދެމުން އަންނަނީ 30 އަހަރުގެ މީހަކާއި 34 މީހަކާއި 21 އަހަރުގެ މީހަކަށް ކަމުގައިވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފަރުވާ ދެމުން އަންނަ މީހުންނަށް ލިބިފައިވާ އަނިޔާ އަދި ދެމުން އަންނަ ފަރުވާގެ ތަފްސީލް ދުވަހަށް ދެއްވަމުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު އަބްދުލް ހަންނާން ވިދާޅުވީ އެ ތިން މީހުންގެ ތެރެއިން އެކަކު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކެއްގެ ފައި ބިނދި އަނެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށެވެ. އަދި އެއްވެސް މީހެއްގެ ހާލު މާ ސީރިއަސް ނޫން ކަމުގައިވެސް ހަންނާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް