ރެޑްވޭވްގެ ހަފްތާ ސޭލް: ފައިސާގެ އިނާމުތަކާއި ބޮޑެތި ޑިސްކައުންޓްތަކެއް

ހަފްތާ ސޭލްގެ ނަމުގައި ރެޑްވޭވް އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މާލެ އަދި ހުޅުމާލޭގައި ހުރި ރެޑްވޭވްގެ ފިހާރަތަކުން، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ބުދަ ދުވަހަކަށް...

21 Jul 2019 | 05:40

ހަފްތާ ސޭލްގެ ނަމުގައި ރެޑްވޭވް އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މާލެ އަދި ހުޅުމާލޭގައި ހުރި ރެޑްވޭވްގެ ފިހާރަތަކުން، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ބުދަ ދުވަހަކަށް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. މިދުވަސްތަކުގައި 100ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ރެޑްވޭވްއިން ވަނީ ހުޅުވާލައިފައެވެ.

ހަފްތާ ސޭލް ކުރިއަށްދާން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ރެޑްވޭވް އިން ބުނީ، ހަފްތާ ސޭލްގައި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމް ހައްޤުވާ ތިންފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު، 1ވަނަ އަށް 5،000ރ، 2ވަނަ އަށް 3،000ރ އަދި 3ވަނަ އަށް 2،000ރ ދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައެވެ. އިނާމްލިބޭ ފަރާތަށް ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި އިނާމް ހަވާލުކުރެވިގެން ދާނޭކަމަށާއި، މީގެއިތުރުންވެސް ހަފްތާ ސޭލްގައި ކަނޑައެޅޭ އައިޓަމްތަކަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދެވިގެންދާ ކްލިއަރެންސް ސޭލްތަކެއް އެޅުވޭނެ ކަމަށް ރެޑްވޭވް އިން ބުންޏެވެ. އެގޮތުން މިހަފްތާގައި ޑިސްކައުންޓް ދޭން ކަނޑައެޅިފައިވާ މޮޑެލްތަކެއްގެ އަވަން އަދި ބަތްކާ ތަށިން ވަނީ %50 ހެޔޮކުރެވިފައެވެ.

"ހަފްތާ ސޭލް ބޭއްވުމުގެ އެއް މަޤްސަދަކީ މިހާރު ހަފްތާގެ ބަންދުގައި، ދިގުލައިން ތަކުގައި ގިނަވަގުތު ހޭދަކޮށްގެން ކަސްޓަމަރުންކުރާ ވިޔަފާރިއަށް ލުޔެއް ދިނުމެވެ. އަދި ކާބޯތަކެތީގެ އިތުރުން ރެޑްވޭވުން އަބަދުވެސް ހެޔޮ އަގުގައި ލިބިގެންދާ އައިޓަމްތަކަށް ކަސްޓަމަރުންގެ ސަމާލުކަން ގެނައުމެވެ. މީގެ އިތުރުން، ރެޑްވޭވް އިހްތިޔާރު ކުރާ ކަސްޓަމަރުން ފާހަގަކޮށް ކުރިއަށް ހުރި ޕްރޮމޯޝަންތައް އެކަސްޓަމަރުންނަށް ފައިދާވާނޭ ފަދަ ގޮތަކަށް ބައްޓަން ކުރުމެވެ." ރެޑްވޭވް އިން ބުންޏެވެ.

ރެޑްވޭވްގެ އިލްތިމާސަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ހަފްތާ ސޭލްގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް