ޑޭން ޓީމާ ހަވާލާދީ އިޓަލީ ނޫސްތަކުން ބުނަނީ ދެވަނަ ޗެމްބަރުގެ އެންޓްރޭންސްގައި ހުރި ވެލި ފުންޏެއްގެ ސަބަބުން ނިކުންނައިރު އޮޅިދާނެ ކަމަށް !

ވ. އަތޮޅު އަލިމަތާ ކައިރީގައިވާ ހޮހޮޅައިގައި މަރުވި ފަސް އިޓަލީ ޑައިވަރުންނަށް ހޮހޮޅައިގެ ތެރޭގައި މަގު އޮޅި، ނުކުންނާނެ ދޮރު ނުފެނުނީ ކަމަށް ބެލެވޭ ކަމަށް، ހަށިގަނޑުތައް ނެގި ޑޭން ޔޫރޮޕާ ހަވާލާދީ އިޓ...

21 May 2026 | 16:02
އިޓަލީ ނޫސްތަކުން ފެންނަ، ހޮހޮޅައިގެ ކުރެހުން ދުވަހުން ރީކްރިއޭޓްކޮށްފައި -

އިޓަލީ ނޫސްތަކުން ފެންނަ، ހޮހޮޅައިގެ ކުރެހުން ދުވަހުން ރީކްރިއޭޓްކޮށްފައި -

ވ. އަތޮޅު އަލިމަތާ ކައިރީގައިވާ ހޮހޮޅައިގައި މަރުވި ފަސް އިޓަލީ ޑައިވަރުންނަށް ހޮހޮޅައިގެ ތެރޭގައި މަގު އޮޅި، ނުކުންނާނެ ދޮރު ނުފެނުނީ ކަމަށް ބެލެވޭ ކަމަށް، ހަށިގަނޑުތައް ނެގި ޑޭން ޔޫރޮޕާ ހަވާލާދީ އިޓަލީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިޓަލީގެ ލާ ރެޕަބްލިކާ ނޫހަށް ދިން އިންޓަވިއުއެއްގައި ޑޭން ޔޫރޮޕްގެ ސީއީއޯ ލައުރާ މައްރޯނީ ބުނީ ހޮހޮޅައިގެ ފެށުމުގައި އޮތީ ބޮޑު، އަލި ޗެމްބަރެއް ކަމަށެވެ. އެ ތަނުން ގާތްގަނޑަކަށް 30 މީޓަރުގެ ކޮރިޑޯއެއް ގޮސް ދެވަނަ ބޮޑު ޗެމްބަރަކާ ގުޅެއެވެ. ނަމަވެސް ދެވަނަ ޗެމްބަރުގައި ގުދުރަތީ އެއްވެސް އަލިކަމެއް ނެތެވެ.

ދެ ޗެމްބަރު ވަކިކުރާ ހިސާބުގައި ވެލި ފުންޏެއް ހުރެއެވެ. މައްރޯނީ ބުނީ ވެލި ފުނި ހުރަސްކޮށް ދެވަނަ ޗެމްބަރަށް ވަންނަން ފަސޭހަ ނަމަވެސް، އެނބުރި ބަލާލާއިރު އެ ވެލި ފުނީގެ ސަބަބުން ކޮރިޑޯ ފޮރުވި، ނުކުންނަ މަގު ނުފެންނަ ކަމަށެވެ. ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނުނީ ވެލި ފުނީގެ ވާތް ފަރާތުން އޮތް ކޮޅު ބެދޭ ކުރު ކޮރިޑޯއެއްގެ ތެރެއިންނެވެ. ނުބައި މަގަކުން ދެވުނީކަމަށް ބެލެވޭކަމަށް ލަފާކޮށްފައިވެއެވެ.

"އެ ތަނުން ނުކުމެވޭނެ ގޮތެއް ނެތް،" މައްރޯނީ ބުނީ، ޑައިވަރުންގެ ވައި ހުރީ ގާތްގަނޑަކަށް 10 މިނެޓް، ނުވަތަ އެއަށް ވުރެ ވެސް މަދު ވަގުތަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް