ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ހުއްޓައި ފިލި މައްސަލައިގައި، އެ މީހާ ހޯދައި ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފައިވާ ކަ...

21 May 2026 | 12:45
N/A

N/A

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ހުއްޓައި ފިލި މައްސަލައިގައި، އެ މީހާ ހޯދައި ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފިލާފައި ވަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާނެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ ޝަޙްބާން ފިލި މައްސަލަ މެއި 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި ކަމަށާއި، އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ފެށި ކަމަށެވެ.

ފުލުހުން ބުނީ މެއި 21 ވަނަ ދުވަހު ޝަޙްބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޝަޙްބާން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، ފަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޝަރީޢަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ. އަދި އެ މައްސަލައިގާ އޭނާގެ މައްޗަށް ދައުވާކުރަންވެސް އޭޕްރީލް މަހުގެ ތެރޭގައި ފޮނުވާފައިވެއެވެ.

އަލިފާނުގެ އެ ހާދިސާގައި މީހަަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް