ސިގިރޭޓް ވަކިން ވިއްކުން މަނާކުރުން 31 މެއި 2019 ގައި އަމަލުކުރަން ފެށެމާއި ގުޅޭގޮތުން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ވެރިންނަށް މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތް އިން މިއަދު ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 22 މެއި 2019 ވާ ބުދަ ދުވަހު ކަމަށެވެ. އަދި މި ބައްދަލުވުން އޮންނާނީ އެދުވަހު ހެނދުނު 10:00 އަކުން 11:00 އަށް ރޯޝަނީ ބިލްޑިގް ގެ 08 ވަނަ ފަންގިފިލާގައި ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.
އަދި މި ބައްދަލުވުމުގައި ބައިވެރިވުމަށް، ހެލްތް މިނިސްޓްރީގެ ނަންބަރ 3014411 ފޯނަށް ގުޅުއްވާ ނޯޓް ކުރުމަށް ވަނީ އެދިފައެވެ.
ސިގިރޭޓް ވަކިން ވިއްކުނަް މަނާކުރަނީ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" ގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް