މޫސުން: ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ

މިއަދުގެ މޫސުމަށް ބަލާލާއިރު ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުތެރެއާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ...

21 May 2019 | 01:09

މިއަދުގެ މޫސުމަށް ބަލާލާއިރު ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުތެރެއާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހެން ބުނެފައިވަނީ މިއަދު ހަވީރު 06:00 އާއި ހަމައަށް ނިމުތުކޮށް ނެރެފައިވާ މޫސުމީ އަންދާޒާގައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއަދު އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މިއަދު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން އާއްމުގޮތެއްގައި ހުންނާނީ އެއް ފޫޓާއި ތިން ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް