"މޯލްޑިވްސް ފައިނޭންސް ފޯރަމް 2019" މާދަމާ ފަށަނީ

ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2019"  މާދަމާ ފަށާނެއެވެ. މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. އަދި މިފަހަރުގެ ފޯ...

21 Apr 2019 | 05:15

ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2019"  މާދަމާ ފަށާނެއެވެ.

މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. އަދި މިފަހަރުގެ ފޯރަމްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން މި ފޯރަމްގައި ބައިވެރިވާކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދިނެވެ.

މި ފޯރަމްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ބައިވެރިވެވަޑައިގަންނަވާއިރި، ފައިނޭންސްގެ ދާއިރާގައި ތަޖުރިބާކާރު ފަރާތްތަކުންވެސް ބައިވެރިވެ ޕްރެޒެންޓޭޝަން ހުށައަޅައިދޭނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭގެތެރޭގައި، ރެޖިސްޓްރާ އޮފް ކޮންޕެނީ މަރިޔަމް ވިޝާމްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދުއާއި އިކޮނޮމިކް މިނިސްޓްރީގެ އައިޑީބީ ޕްރޮޖެކްޓް މެނޭޖަރ ލަމްޔާ އިބްރާހިމް ހިމެނެއެވެ. އަދި މީގެއިތުރުން ޒުވާން ތިން ވިޔަފާރިވެރިއެއް އެމީހުންގެ ވިޔަފާރި ކުރިއަރައިދިޔަގޮތްވެސް މި ފޯރަމްގެ ތެރެއިން ހިއްސާކުރާނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "އެންގޭޖިންގ ޕްރައިވެޓް ސެކްޓަރ ފޯރ ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް" ކަމަށްވާއިރު، މިއީ މި ފޯރަމް ބާއްވާ 8 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް