އިލްހާމަށް ތާއީދުކުރައްވާކަން ޑރ. ޝަހީމް ހާމަކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަހްމަދަށް ތާއީދުކުރައްވާކަން ޑރ. ޝަހީމް ހާމަކުރައްވައިފިއެވެ. ޑރ. ޝަހީމް މިކަން ހާމަކުރައްވާފައިވަނީ ޑރ...

21 Mar 2019 | 10:55

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަހްމަދަށް ތާއީދުކުރައްވާކަން ޑރ. ޝަހީމް ހާމަކުރައްވައިފިއެވެ.

ޑރ. ޝަހީމް މިކަން ހާމަކުރައްވާފައިވަނީ ޑރ. ޝަހީމްގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އިލްހާމަކީ ޑރ. ޝަހީމްގެ ވަރަށް ގާތް އަޙެއް ކަމަށާއި އިލްހާމަކީ ވަރަށް ގާތް ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އިލްހާމަކީ ރައްޔިތުންނާއި ވަރަށް ގާތް ޚިދުމަތްތެރި ބޭފުޅެއް ކަމަށާއި އިލްހާމަކީ ރައްޔިތުންގެ މަޖިލީހުގައި ތަޖުރިބާ ހުރި ބޭފުޅެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތްތަކުގައި އިލްހާމަކީ ބިނާކުރަނިވި ހިޔާލުފުޅުތައް ހިއްސާވެގެންދާނެ ކަމަށާއި އަދި ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ ބޭފުޅަކަށް އިލްހާމް ވާނެ ކަމުގައިވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އިލްހާމް އަހްމަދު އުނގޫފާރު ދާއިރާއަށް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ޕީޕީއެމް އާއި ޕީއެންސީގެ ތާއީދާވެސް އެކުގައެވެ. އިލްހާމްގެ ކެނޑިޑޭޓް ނަމްބަރަކީ 2 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް