އެމްޑީ އާޒިމް އެމްޓީސީސީއަށް އަދި އެމްޑީ ޝާހް އެމްޑަބްލިއުއެސްސީއަށް ބަދަލުކުރައްވައިފި

މާލޭ އެރޭޓެޑް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރގެ މަގާމުގައި ހުންނެވި އާދަމް އާޒިމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް ބ...

21 Jan 2020 | 10:43

މާލޭ އެރޭޓެޑް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރގެ މަގާމުގައި ހުންނެވި އާދަމް އާޒިމް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް ބަދަލުކުރައްވައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރގެ މަގާމުގައި ހުންނެވި ހަސަން ސާހް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަދަލުކުރައްވައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.

އާދަމް އާޒިމް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އާދަމް އާޒިމް މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. އަދި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އިރު އެ ދެ ކުންފުންޏަށްވެސް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާދެއްވާފައިވެއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަސަން ޝާހު އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް