މާލޭގެ ގެއަކުން ފައިސާތަކަކާއި ފޯނުތަކެއް ވަގަށް ނަގައިފި

މާލޭގެ ގެއަކަށް ވަދެ އެގެއިން ފައިސާ އާއި އިތުރު ބައެއް ތަކެތި ވަގަށް ނަގައިފިއެވެ. ރޭ 11:53 ހާއިރު ޖަމާލުއްދީން ސުކޫލު ކައިރި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން އެގޭ...

21 Jan 2019 | 08:21

މާލޭގެ ގެއަކަށް ވަދެ އެގެއިން ފައިސާ އާއި އިތުރު ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.

ރޭ 11:53 ހާއިރު ޖަމާލުއްދީން ސުކޫލު ކައިރި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން އެގޭ ކޮޓަރިއަކަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެގެއިން މުޅިއެކު 5000 ދިވެހި ރުފިޔާ އާއި، 1500 ޑޮލަރާއި، ގަޑިއަކާއި ދެ ފޯނު ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފަހަކަށް އައިސް މިފަދަ ކުށްތައް މާލޭގައި މި ވަނީ އާންމުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް