ޔާމީނާއި އެކީވެސް މަޝްވަރާތައް ކުރަން ތައްޔާރު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަން ހަދަން ރައީސް ޔާމީން ވަޑައިގެންނެވި ނަމަވެސް، އެމަނަކުފާނާއި އެކުވެސް ވާހަކަ ދައްކައި، މަޖިލިސް އިންތިހާބަށް ނިކުންނަވަން ތައްޔާރަށް ހުރިކަމަށް ގާސިމް އިބ...

21 Jan 2019 | 05:10

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޯލިޝަން ހަދަން ރައީސް ޔާމީން ވަޑައިގެންނެވި ނަމަވެސް، އެމަނަކުފާނާއި އެކުވެސް ވާހަކަ ދައްކައި، މަޖިލިސް އިންތިހާބަށް ނިކުންނަވަން ތައްޔާރަށް ހުރިކަމަށް ގާސިމް އިބްރާހިމް ބުނެފިއެވެ.

ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ބައެއް ބޭފުޅުންގެ ފޯމްތައް ބަލައިގަތުމަށް، ޖޭޕީގެ ހަރުގޭގައި ބޭއްވި ހަފްލާއެއްގައި، އެމަނިކުފާނާއި ޔާމީން އާއި އެކީ ގުޅިވަޑައިގަންނަވާނަންތޯ އެއްސެވުނުން ބުނުއްވީ، އެމަނިކުފާނު ހުންނެވީ ހުރިހާ ބޭފުޅުންނާއި އެކީވެސް ސުލްހަވެރި ގޮތުގައި ވާހަކަ ދައްކަން ތައްޔާރަށް ކަމަށެވެ.

ވަރަށް ސާފުކޮށް މިދަންނަވަނީ ކޮންމެ މީހަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތީ، ގާނޫނު ހުއްދަ ކުރަ ބައެއް ނަމަ މަޖިލިސްއަށް އެކުގައި ކުރިމަތިލައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަން ތައްޔާރަށް މިއޮތީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، މީގެ ކުރިން ޔާމީނާއި އެކީ މިކަމާއި ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވާނެ ކަމަށާއި އަދި އެހެންނަމަވެސް ޔާމީން އަލަަށް އުފައްދަވާ ޕާޓީ އޮތީ، ސުލްހަވެރިކޮށް ޖޭޕީ އާއި މަޝްވަރާ ކޮށް އެކީގައި ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށެވެ.

އެމްޑީޕީ އާއި ޖޭޕީއާއި ދެމެދު އޮތް ކޯލިޝަނަށް ހީނަރުކަމެއް އައީ، އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކެނޑިޑޭޓުން ނެރޭތީ ޖޭޕީ އިން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރުމުން، ކަންކަން ހައްލު ކުރަން ދެޕާޓީން ބޭއްވި މަޝްވަރާތައްވެސް ފެއިލް ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް