ތަރައްގީގެ އާ މަޝްރޫއުތަކަކެއް ހިންގަން ޖަޕާނާއި އެކު މަޝްވަރާކޮށްފި

ޖަޕާނާއި ގުޅިގެން ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމަށް އެ ގައުމުގެ ސަރުކާރާއި އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައް ކޮށްފައިވަނީ މިހާރު ޖަޕާނަށް ވަޑައިގެން އުޅުއްވާ...

20 Dec 2018 | 09:44

ޖަޕާނާއި ގުޅިގެން ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމަށް އެ ގައުމުގެ ސަރުކާރާއި އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ މިހާރު ޖަޕާނަށް ވަޑައިގެން އުޅުއްވާ ރައްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ގައުމުގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ ބައްދަލުވުމުގަ އެވެ.                                                                                                                                                                                                                                                        މި ބައްދަލުވުމާއި ގުޅޭގތޮުން ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތްތައް ރާއްޖެއިން ފާހަގަ ކުރި އެވެ.

ޖަޕާނަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. ޖަޕާނުން އެންމެ ބޮޑެތި އެހީތަކެއްވަނީ ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށެވެ.

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު މިހާތަނަށް ބޭރުގެ ތިން ގައުމަކަށް ވަނީ ވަޑައިގެންފަ އެވެ. އެއީ ޖަޕާންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިންޑިއާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް