ހއ. އަތޮޅުގައި އޮންނަ ފަޅު ރަށެއްގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކު މަރިވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ހދ. ނޮޅިވަރަންފަރު އުމުރުން ފަސް އަހަރުގެ އަހުމަދު ޝިފާން އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެ ގެނބިގެންނެވެ.
އެ ކުއްޖާ މިހާރު އޮތީ ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އެވެ. އެ ހޮސްޕިޓަލުން މީޑީއާގައި ބުނެފައިވަނީ ޝިފާން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.
އެ ފަޅުރަށަކީ ދިއްދޫ ކައިރީ އޮންނަ ރަށެއް ކަމަށްވެ އެވެ. އެ ހާދިސާ ހިނގި އިރު އެ ރަށުގައި އިތުރު ބަޔަކުވެސް މޫދަށް އެރިގެން އުޅުނެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިގެން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް