ޔާމީން އާއި އެކު ސިއްރު ގުޅުމެއް ނުބާއްވަން: ޖޭޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަރިސް އެއްވެސް ފަރާތަކާއި އެކު ސިއްރު ގުޅުމެއް ބާއްވަމުން ނުދާކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ. އެޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ރައީސް...

20 Dec 2018 | 06:03

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ އަރިސް އެއްވެސް ފަރާތަކާއި އެކު ސިއްރު ގުޅުމެއް ބާއްވަމުން ނުދާކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

އެޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ރައީސް ޔާމީނަށް ނިސްބަތްވާ އެއްވެސް ފަރާތަކާއި އެކު ސިއްރު ވާހަކަތަކެއް އަދި ބައްދަލުވުމެއްވެސް ބާއްވާފައި ނުވާކަމުގެ ޔަގީންކަން ދޭކަމަށެވެ. އޭނާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓެވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން އަލީ ސޯލިހު ވިދާޅުވީ ކޯލިޝަންގެ ގުޅުން ރަނގަޅު ކަމަށާއި މިއަދު ހަތަރު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖޭޕީއާއި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އާއި ދެމެދު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަ ކުރުމުގައި ސިއްރު ގުޅުންތަކެއް ކުރިޔަށްދާ ކަމަށް ވާހަކަ ދެކެވެން ފެށީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަކަކާއި ގުޅިގެންނެވެ.

ރައީސް ޔާމީން ދާދިފަހުން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އާއި އެކު އަދިވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި ޔާމީން ވަނީ އެމަނިކުފާނުގެ އަރިހުގައި ހުންނެވުމަށް ފަހު ދާދިފަހުން ޖޭޕީއާ ގުޅިވަޑައިގެން ވިލުފުށި ދާއިރާއަށް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އެދާއިރާގެ މިހާރުގެވެސް މެންބަރު ރިޔާޒް ރަޝީދަށް އިންތިހާބުގައި ތާއީދު ކުރައްވާނެކަން އިއުލާނު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް