އެލް ކްލެސިކޯ: ރެއަލް މެޑްރިޑަށް ރޮނާލްޑޯ ނެތި ކުޅެން ޖެހުމުގެ ބިރު!

ދުނިޔޭގެ ގިނަ ބައެއްގެ ލޯތައް އަމާޒުވާ، އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ ބާސެލޯނާ އާއި ރެއަލް މެޑްރިޑް، މި ސީޒަންގައި ސްޕެނިޝް ލީގުގެ ފުރަތަމަ ކުރިމަތި ލުމަށް ނުކުންނައިރު، ރެއަލް މެޑްރިޑްގެ ތ...

20 Dec 2017 | 16:36

ދުނިޔޭގެ ގިނަ ބައެއްގެ ލޯތައް އަމާޒުވާ، އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ ބާސެލޯނާ އާއި ރެއަލް މެޑްރިޑް، މި ސީޒަންގައި ސްޕެނިޝް ލީގުގެ ފުރަތަމަ ކުރިމަތި ލުމަށް ނުކުންނައިރު، ރެއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވުމުގެ ބިރާ ކުރިމަތިވެއްޖެއެވެ.

ދާދި ފަހުން ރެއަލް މެޑްރިޑާއެކު ކްލަބް ވޯލްޑްކަޕް ކާމިޔާބު ކުރި ރޮނާލްޑޯ، ރެއަލްގެ ފުލް ޓްރެއިނިންގ ގައި މިއަދު ބައިވެރިވެފައެއް ނުވެއެވެ.

ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ރޮނާލްޑޯގެ ކުޑަކަޅުވާއަށް އަނިޔާ ވެފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، ރެއަލް މެޑްރިޑުން ވަނީ ރޮނާލްޑޯ މިއަދު ތަމްރީނު ހެދީ ޓީމާ ވަކިން ކަމަށް ބުނެފައެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ، 11 ޕޮއިންޓް ފަހަތުގައި އޮތް ރެއަލް މެޑްރިޑުން މި މެޗާ ކުރިމަތިލާއިރު، ރޮނާލްޑޯއަށް ނުކުޅެވޭނަމަ އެއީ އެ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުތަނަވަސް ކަމަކަށް ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް