ކ ގުރައިދޫ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް އެރި އުޅުނު ލަންކާ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ އޭނާގެ އަންހެނުންނާއެކު މޫދަށް އެރި އުޅުމުގެ ތެރޭގައި އެވެ. މިކަން ހިނގާފައިވަނީ މިއަދު ހަވީރު 4:30 ހާއިރުގައި އެވެ.
ގުރައިދޫ ސިއްހީ މަރުކަޒުގައި މަރުވި މީހާގެ ހަށިގަނޑު އޮތް އިރު، އެ މީހާއަކީ އުމުރުން 30 އާއި 40 އާއި ދެމެދުގެ މީހެއް ކަމުގައި ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މިކަމުގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް