ސެމްސަންގް އެސް 9: ލައްކަ މައުލޫމާތު ލީކުވެއްޖެ

ސްމާޓް ފޯނު މާކެޓްގައި އެންމެ ވާދަވެރި ދެ ކުންފުންޏަކީ އެޕަލް އަދި ސޭމްސަންގް އެވެ. އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ބާޒާރަށް ނެރެފައިވާއިރު ސެމްސަންގް އިން އަންނަނީ އެ ކުންފުނީގ...

20 Dec 2017 | 03:52

ސްމާޓް ފޯނު މާކެޓްގައި އެންމެ ވާދަވެރި ދެ ކުންފުންޏަކީ އެޕަލް އަދި ސޭމްސަންގް އެވެ. އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ބާޒާރަށް ނެރެފައިވާއިރު ސެމްސަންގް އިން އަންނަނީ އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން، ސެމްސަންގް ގެލެކްސީ އެސް 9 ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

އެޕަލް އަދި ސެމްސަންގް ގެ އުފެއްދުންތައް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނައިރު އެ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ނެޓުގައި ލީކުވުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު އެ ކުންފުނިތަކުން އެ މައުލޫމާތުތައް ގަސްތުގައި ލީކު ކުރަނީ ކަމުގައިވެސް ބަޔަކު ތުހުމަތު ކުރެ އެވެ.

އެގޮތުން މި ފަހަރު ނެރެން ތައްޔާރުވަމުން އަންނަ އެސް 9 އާއި ބެހޭގޮތުންވެސް ގިނަ މައުލޫމާތުތަކެއް މިވަނީ ލީކުވެފަ އެވެ. އެ މައުލޫމާތު ތަކަށް ބަލާއިރު ބެޓެރީއަށް 200 އެމްއޭއެޗް ސެމްސަންގް އިން އިތުރު ކުރާނެ އެވެ. ހެޑްފޯނު ޖެކް ޖަހާ ސްލޮޓް އުނިކޮށްފައެއް ނުވެ އެވެ. އަދި ބިކްސްބީ ފިތްވެސް އުނިކޮށްފައެއް ނުވެ އެވެ.

ބޮޑު އެއް ތަފާތަކީ ކުރިމަތު ފަރާތުގައި ދެ ކެމެރާ ހަރުކުރަން ނިންމާފައި ވާކަމެވެ. އެއީ އެސް 9 ޕްލަސްގައެވެ. އެސް 9ގައި ހިމަނަނީ ކުރިމަތީގައި އެންމެ ކެމެރާ އެކެވެ. ފުރަގަސް ފަރާތުގައި ކެމެރާ ހަރުކުރަނީ މެދަށްވާ ގޮތަށެވެ. އަދި ފިންގަޕްރިންޓް ރީޑަރ އާއި ހާޓް ރޭޓް ސެންސަރ ވެސް އިންނަނީ މެދަށް ވާ ގޮތަށެވެ. އެސް 8 އަދި އެސް 8 ޕްލަސް އާއި އަޅާ ބަލާއިރު ދާރު އިތުރަށް ވަނީ ހަނިކޮށްފަ އެވެ.

އެސް 9 އަދި އެސް9 ޕްލަސްގައިވެސް ހިމަނަނީ ކުއަލްކޮމް ސްނެޕްޑްރެގަން 845 ޗިޕްސެޓެކެވެ. އޯއެސްގެ ގޮތުގައި ހިމަނާނެ ކަމަށް ބެލެވެނީ އެންޑްރޮއިޑް 8.0 އޯރިއޯ އެވެ.

ދެކެވޭ ތޯތޯ ވާހަކަތަކަށް ބަލާއިރު ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރިޗްގައި ސެމްސަންގް އިން ގެލެކްސީ އެސް 9 ލޯންޗު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް