މިއަދު ބޭއްވި ދެ ބައި އިލެކްޝަންސްވެސް ޕީޕީއެމުން ކާމިޔާބު ކޮށްފި

މިއަދު ކުރިއަށްދިޔަ ރ.މަޑުއްވަރީ ބައި އިލެކްޝަންއާއި ކޮނޑޭ ކައުންސިލްގެ ބައި އިލެކްޝަންސް ޕީޕީއެމްގެ ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިފި އެވެ. މި ބައި އިލެކްޝަންސްގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއްވ...

20 Dec 2014 | 12:15

މިއަދު ކުރިއަށްދިޔަ ރ.މަޑުއްވަރީ ބައި އިލެކްޝަންއާއި ކޮނޑޭ ކައުންސިލްގެ ބައި އިލެކްޝަންސް ޕީޕީއެމްގެ ކެނޑިޑޭޓުން ކާމިޔާބު ކުރައްވައިފި އެވެ.

މި ބައި އިލެކްޝަންސްގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއްވި ދެ ކެނޑިޑޭޓުންނަކީ މަޑުއްވަރީ ކައުންސިލަށް މުހުތާރު މުހައްމަދު އެވެ. ކޮނޑޭ ކައުންސިލަށް އަބްދުﷲ ޝިހާބު އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު ކޮނޑޭ ކައުންސިލަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޝީހާބަށް ލިބިފައިވަނީ 116 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް ޒިހާން އަށް 73 ވޯޓް ލިބިފައިވާއިރު އެ ގޮނޑިއަށް އަމިއްލަ ގޮތުން ކުރިމަތިލެއްލި މެމްބަރަށް ލިބިފައިވަނީ 45 ވޯޓެވެ.

މަޑުއްވަރީ ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު މުހުތާރަށް ލިބިފައިވަނީ 201 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް ސިރާޖަށް ލިބިފައިވަނީ 198 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް