ބުންޑަސްލީގާ: ފަހުވަގުތު ރޮބެން ކާމިޔާބުކޮށްދިން ގޯލާއެކު ބަޔަރން މޮޅުވެއްޖެ

ޖަރމަން ބުންޑަސްލީގާގައި ރޭ ބަޔަރން މިއުނިކް އަދި އެފް އެސްވީ މެއިންޒް ބައްދަލުކުރި މެޗުން ފަހުވަގުތުގައި ރޮބެން ކާމިޔާބުކޮށްދިން ގޯލާއެކު ބަޔަރން މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން 2-1 ގެ ...

20 Dec 2014 | 08:34

ޖަރމަން ބުންޑަސްލީގާގައި ރޭ ބަޔަރން މިއުނިކް އަދި އެފް އެސްވީ މެއިންޒް ބައްދަލުކުރި މެޗުން ފަހުވަގުތުގައި ރޮބެން ކާމިޔާބުކޮށްދިން ގޯލާއެކު ބަޔަރން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަޔަރން މޮޅުވެ، 2014 ނިންމާލާފައިވަނީ ލީގުގައި ބަލިނުވެއެވެ. އެގޮތުން ލީގުގައި ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ އަނެތް 3 މެޗުން ބަޔަރންވަނީ އެއްވަރުވެފައެވެ.

ރޭގެ މެޗުގައި މެއިންޒުން ފުރަތަމަ ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނެޓުގައި ސޯޓޯގެ ގޯލުންނެވެ. ނަމަވެސް މާގިނައިރެއްނުވެ ޝުވޭންސްޓައިގަރ ގެ ހިލޭޖެހުމުން ބަޔަރންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ބެލޮންޑިއަރއަށް ނޮމިނޭޓް ވެފައިވާ ޖަރމަން އަދި ބަޔަރން ކީޕަރ މެނުއަލް ނޯޔަރވަނީ މެޗުގައި މޮޅު ސޭވްތަކެއް ކޮށްފައެވެ. މެޗު ނިމެންދަނިކޮށް 90 ވަނަ މިނެޓުގައި ބަޔަރންއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީ ރޮބެންގެ ގޯލުންނެވެ.

މޮޅާއެކު ބަޔަރންވަނީ ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓްގެ ލީޑަކާއެކު ހަމަޖެހިލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް