އުމުރުން 9 އަހަރުން ފެށިގެން 16 އަހަރު ވަންދެން އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ބައްޕައަކު ހައްޔަރު ކޮށްފި

އުމުރުން 16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސީ ގޯނާކުރަމުން ދިޔަ ކަމުގެ ތުޙުމަތުގައި އޭނާގެ ބައްޕަ ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ އިއްޔެ ހަވީރު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާއި ...

20 Dec 2014 | 07:30

އުމުރުން 16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސީ ގޯނާކުރަމުން ދިޔަ ކަމުގެ ތުޙުމަތުގައި އޭނާގެ ބައްޕަ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 43 އަހަރުގެ ބައްޕަ ހައްޔަރު ކޮށްފައި ވަނީ ރޭ 23:30 ހާއިރު ކަމަށެވެ.

16 އަހަރުގެ ދަރިފުޅަށް އެކުޖާގެ އުމުރުން 9 އަހަރުން ފެށިގެން ގަދަކަމުން ޖިންސީ ގޯނާ ކުރަމުން ދާކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށާއި އަދި ޖިންސީ ގޯނާ ކުރުމަށްފަހު އެވާހަކަ އެއްވެސް މީހެއްކައިރީ ބުނެފިނަމަ އެ ކުއްޖާ މަރާލާނެކަމަށް ބުނެ ކުއްޖާގެ ބައްޕަ ވަނީ އިންޒާރު ދީފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް