" ދަ އިންޓަވިއު" އަކީ ސޮނީ ކުންފުންޏަށް ހެދުނު ގޯހެއް: އޮބާމާ

ސޮނީ ކުންފުނީގެ ފަރާތުން އުފައްދާ ތައްޔާރުކޮށް ރިލީސް ކުރުމަށް ތައްޔާރުކޮށްފައިވާ "ދަ އިންޓަވިއު" ފިލްމަކީ އެ ކުންފުންޏަށް ހެދުނު ގޯހެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބުނެފިއެވެ. އޮބާމާ އިތުރަ...

20 Dec 2014 | 05:23

ސޮނީ ކުންފުނީގެ ފަރާތުން އުފައްދާ ތައްޔާރުކޮށް ރިލީސް ކުރުމަށް ތައްޔާރުކޮށްފައިވާ "ދަ އިންޓަވިއު" ފިލްމަކީ އެ ކުންފުންޏަށް ހެދުނު ގޯހެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބުނެފިއެވެ.

އޮބާމާ އިތުރަށް ބުނެފައިވަނީ ސޮނީއަށް ދިމާވި ހެކިންގެ މައްސަލަ ކުއްވެރިކުރާ ކަމަށާއި އެކަމާއި ހިތާމަ ކުރާކަމަށެވެ.

ހެކަރުންގެ ނުރައްކާތެރި "ސައިބަރ އެޓޭކް"އެއްގައި ބޮޑު ގެއްލުންތަކެއް ވެފައިވާ ސޮނީ ކުންފުނިން އުފެއްދި "ދަ އިންޓަވިއު" އަކީ ނޯރތް ކޮރެއާގެ ވެރިކަމުގެ ނިޒާމަށް ފާޑު ކިޔުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ސޮނީއިން ކުރިން މިމަހުގެ 25 ވަނަ ދުވަހު ފިލްމް ރިލީސް ކުރަން ހަމަޖެހިފައިވީނަމަވެސް މިހާރުވަނީ ފިލްމް ރިލީސް ކުރުމާމެދު ސުވާލުތަކެއް އުފެދިފައެވެ.

ސޮނީގެ އެކްޒެކެޓިވްއަކަށް ލިބުނު އީމެއިލެއްގައި ހެކަރުން ބުނެފައިވަނީ ފިލްމް ރިލީސް ނުކުރާކަމުގައިވާނަމަ ދެން ސޮނީ ކުންފުންޏަށް ސައިބަރ އެޓޭކް ނުދޭނެކަމަށެވެ. ސޮނީގެ ސްޕޯރކްސް ޕާރސަންވަނީ މިކަމާއި ގުޅިގެން އެއްޗެކޭ ބުނަން އިންކާރު ކޮށްފައެވެ.

އެފްބީއައިއިން ބުނެފައިވަނީ ސޮނީގެ ހެކްކުރުމާއި ކޮރެއާގެ ސަރުކާރާއި ގުޅުމެއްވާ ކަމަށެވެ. އެގޮތުން ހެކަރުންގެ މެއިލެއްގައި ޝަރުތުކޮށްފައިވަނީ " ދަ އިންޓަވިއު" ފިލްމް ރިލީސް ނުކުރުމަށާއި އެއްވެސް ގޮތަކުން ފިލްމް ލީކުވިޔަ ނުދިނުމަށެވެ.

"ދަ އިންޓަވިއު" އަކީ ނޯރތު ކޮރެއާގެ ލީޑަރ ކިމް ޖޮން އުންގެ މައްޗަށް ސެތް ރޯގެން އަދި ޖޭމްސް ފްރޭންްކޯ އުފައްދާފައިވާ ކޮމެޑީ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް