އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފި

ފަލަސްތީނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިން ކަމަށްބުނެ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކަކީ 50 ދުވަސްވަންދެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދިޔަ ހަމ...

20 Dec 2014 | 03:32

ފަލަސްތީނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިން ކަމަށްބުނެ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތަކަކީ 50 ދުވަސްވަންދެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށްފަހު ދިން މިފަދަ ފުރަތަމަ ހަމަލާތަކެވެ.

މި ހަމަލާގައި އެއްވެސް މީހަކު މަރު ނުވާކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އިޒްރޭލުން އިއްޔެ ދިން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ގާޒާ ސްޓްރިޕް ކައިރީގައި ހަމާސް އިން އުޅޭ ސަރަހައްދުތަކަށް އަމާޒު ކޮށެވެ. އިޒްރޭލުން ބުނަނީ އިޒްރޭލަށް ދިން ރޮކެޓް ހަމަލާގެ ޒިންމާ ހަމާސް އިން ނަގަން ޖެހޭ ކަމަށާއި ފަލަސްތީނަށް ހަމަލާ ދިނީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

ފަލަސްތީނުން އިޒްރޭލަށް ދިން ކަމަށްބުނާ ރޮކެޓް ހަމަލާގައި އެއްވެސް މީހަކު ޒަހަމް ނުވާކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

މެދުކެނޑުމެއްނެތި 50 ދުވަހު ފަލަސްތީނުގެ ގާޒާއަށް ހަމަލާދިނުމަށްފަހު ހަމަލާތައް ހުއްޓާލާފައިވަނީ މިއަހަރު ގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު އެވެ. އޭރު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލިއެވެ. އިޒްރޭލުން މަރުވި މީހުންގެ އަދަދު އުޅެނީ 70 އަށްވުރެވެސް ދަށުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް