ރޯވެ އަނދަމުންދަނީ ވެމްކޯ ސައިޓެއްގައި، އާންމު ހާލަތަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން: އެޗްޑީސީ

20 Nov 2026 | 19:46
ފޭސް ތިނެއްގައި ހުރި ކުނިތަކުގައި ރޯވެ އަނދަނީ -- ދުވަސް ފޮޓޯ

ފޭސް ތިނެއްގައި ހުރި ކުނިތަކުގައި ރޯވެ އަނދަނީ -- ދުވަސް ފޮޓޯ

ހުޅުމާލޭ ފޭސް ތިނެއްގައި އަލިފާން ރޯވެ އަނދަމުން ދަނީ ވެމްކޯ ސައިޓެއްގައި ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން )އެޗްޑީސީ( އިން ބުނެފި އެވެ.

މެންދުރު 1:20 ހާއިރު އަލިފާން ރޯވީ ފޭސް ތިނެއްގައި ހުރި ބޮޑު ކުނި ފުންޏެއްގައި އެވެ. 3:25 ހާއިރު ބޯކޮށް ވާރޭ ވެގެން ފެށުމުން އަލިފާން ގަނޑު ކޮންޓްރޯލްވި ނަމަވެސް އެ ސަރަހައްދު ހައިމާކުން ކޮންނަން ފެށުމުން 5:30 ހާއިރުން ފެށިގެން އަނެއްކާވެސް އަލިފާންގަނޑު ބޮޑަށް ރޯވެފައިވާތަން ދަނީ ފެންނަމުންނެވެ.

Advertisement

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ބުނީ ވެމްކޯ ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އަދިވެސް ބޯ ދުން އަރަމުންދާ ކަމަށެވެ. ދުމުން ރައްކާތެރިވުމުގެ ގޮތުން ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުން ހުރިހާ ކުޑަދޮރުތަކެއް ލައްޕައިގެން ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ކުންފުނިން ބުނީ ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އަލިފާން ކޮންޓްރޯލްކޮށް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެމްކޯ ސައިޓެއްގައި ރޯވެފައި މިވަނީ މީގެ ދެތިން މަސް ކުރިން ތިލަފުށީ ވެމްކޯ ސައިޓުގައި ހުރި ކުނިތަކެއްގައިވެސް އަލިފާން ރޯވެފައި ވަނިކޮށެވެ. އެފަހަރުވެސް އެއްކޮށް އަލިފާން ކޮންޓްރޯލް ކުރުމަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ނެގި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް