ދުވަސް ފޮޓޯ --
ހުޅުމާލޭ ފޭސް ތިނެއްގައި މިއަދު ރޯވި އަލިފާންގަނޑު ދެގަޑިއިރެއްހާއިރު ފަހުން ކޮންޓްރޯލްވެއްޖެ އެވެ.
އަލިފާން ރޯވީ މެންދުރު 1:20 ހާއިރު ފޭސް ތިނެއްގައި ހުރި ބިޔަ ކުނިފުންޏެއްގައި އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއު ޓީމުން ދެގަޑިއިރެއްހާއިރު ކުރި ޢިރުވެސް ކޮންޓްރޯލްވެފައެއް ނުވެ ޢެވެ.
ބޯކޮށް ވެހުނު ވާރޭގައި ޢަލިފާންގަނޑު ކޮންޓްރޯލްވި އިރު މުޅި ކުނި ފުންޏަށް ވަނީ އަލިފާންގަނޑު ފެތުރިފައެވެ. ވާރޭ ވެހެންފެށީ މެންދުރު ފަހު 3:25 ހާއިރު އެވެ.
ފުލުހުން ބުނީ އަލިފާނުގެ ޙާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް