މާރާމާރީގެ މައްސަލައެއްގައި ޓިކްޓޮކް ޖައްލެ ހައްޔަރުކޮށްފި

20 Nov 2026 | 11:32
މާރާމާރީގެ މައްސަލައެއްގައި ޓިކްޓޮކް ޖައްލެ ހައްޔަރުކޮށްފި

މާރާމާރީ ހިންގި މައްސަލައިގަ ޓިކްޓޮކް ޖަލީލް (ޓިކްޓޮކް ޖައްލެ) ހައްޔަރު ކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ އއ. ހިމަންދޫގައި ހިންގި މާރާމާރީއެއްގައި އެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވަނީ އެ ރަށުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި މާރާމާރީ އާއި ގުޅޭ އިތުރު ތަފްސީލް އަދި ނޭނގެ އެވެ.

އޭނާ ޓިކްޓޮކްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ނަމަވެސް ޖައްލެއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. އޭނާގެ ގިނަ ކޮންޓެންޓުތައް ހުންނަނީ މީހުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް